N/A
ހުރަވީ ދުވަހުގެ ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.
މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
އެމަނިކުފާނު މި ތަޙުނިޔާ ފޮނުއްވީ ސޯޝަލް މީޑިއާގައި
ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ މާލޭގެ އެތައް
ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް
ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ
ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281
އަހަރުވީ ކަމަށާއި ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް
އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް ތިން ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް
ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި ކަމަށެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ފަޚުރުވެރި
ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމުން އަދި މިނިވަންކަމާއި
ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް