ފުލުހަކު ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާއެއްވާފަދަ ޢަމަލެއް ހިންގައި އިންޒާރު ދިން ކަމަށްބުނާ މައްސަލައެއް

ދިވެހި ފުލުހަކު ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާއެއްވާފަދަ ޢަމަލެއް ހިންގި މައްސަލައެއް ފުލުހުން ތަޙްޤީޤުކުރަން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ސ...

23 Nov 2025 | 03:37
N/A

N/A

ދިވެހި ފުލުހަކު ކުޑަ ކުއްޖަކަށް ޖިސްމާނީ

އަނިޔާއެއްވާފަދަ ޢަމަލެއް ހިންގި މައްސަލައެއް ފުލުހުން ތަޙްޤީޤުކުރަން

ފަށައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ ހުކުރު

ދުވަހު ހަވީރުގެ ވަގުތެއްގައި ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގައި

ފުޓްސަލް ދަނޑުގައި ކުޅެން އުޅނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާއި

ގުޅިގެން، އެތަނުން ކުއްޖެއްގެ ޢާއިލީ މަސްލަޙަތު އޮންނަ ފުލުހަކު އެހެން

ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ޢަމަލެއް ކޮށް ބިރުދައްކާފައިވާކަމަށް ތުހުމަތު

ކުރެވޭ މައްސަލައެއް އިއްޔެ ހުށަހެޅުނު ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލައިގާ

ޖިނާއީ ބައި ފުލުހުން އަންނަނީ ތަޙުޤީޤުކުރަމުން ކަމަށާއި އަދި ފުލުހެއްގެ

މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށްވުމާއެކު އިދާރީ މައްސަލަ ޕްރޮފެޝަނަލް

ސްޓޭންޑަޑަސް ކޮމާންޑުންވެސް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް