މާލޭގައި އަނެއްކާވެސް ޕިކަޕެއްގައިހުރި ކުލަ ފާޓާތަކެއް މަގުމައްޗަށް ވެރި މަގެއްގައި ކުލަލެވިއްޖެއެވެ.
މިރޭ މިކަން ހިނގާފައިވަނީ އިސްކަންދަރުމަގާއި މުއިވެޔޮމަގާއި ގުޅޭ ކަންމަތީގައެވެ.
ސޯޝަލް މީޑިއާގައި މި ހާދިސާއާއި ގުޅޭ މަންޒަރުތައް ފެންނަ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެ ވީޑީއޯއިން ފެންނަގޮތުގައި މަގަށް ފުދޭވަރަކަށް ގިނައި ކުލަ ވެރިފައިހުރިއިރު ކުލަފާޓާތަކުގައި ބަޔަކު ހިފަހައްޓައިގެން ތިބޭ މަންޒަރުވެސް ފެނެއެވެ.
މިހާރު ނޫހުގައި މަންޒަރު ދުށް މީހަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުލަ ތަކަކީ އެ ސަރަހައްދުގައި ހުރި ކުލަ ވިއްކާތާކަށް ގެންދިޔަ ކުލަތަކެކެވެ. އަދި ކުލަ ފާޓާތައް އަރިއަޅާލައި ވެރުނީ ޕޭވްމަންޓް މައްޗަށް ޕިކަޕުގެ އެއް ފަރާތް ވާހެން ޕާކުކޮށް ކުލަފާޓާތައް ބާލަން އުޅުމުގެ ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.
ވެރުނު ކުލަތައް ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން މިހާރު ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް