2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ޗެއާ ޕާސަން، ފައްޔާޒް އިސްމާއިލް (ފަޔާ) މިއަދު އިއުލާނުކުރައްވައިފިއެވެ.
ފައްޔާޒް މިކަން އިއުލާނުކުރެއްވީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށާއި ތާއީދުކޮށްދެއްވުމަށް ފައްޔާޒްގެ އެ މެސެޖުގައި އެދިލައްވާފައިވެއެވެ.
ފައްޔާޒަކީ ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރެވެ. އަދި މިހާރު އެމްޑީޕީގައި ހުންނެވި އެންމެ ނުފޫޒުގަދަ އެއް ފަރާތެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފާޅުގައި އިއުލާނުކޮށްފައިމިވަނީ އަދި ފައްޔާޒް އެކަންޏެވެ. އެހެންނަމަވެސް އެ ރޭހުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވާދަކޮށްފާނެކަމަށް އަޑުތައް ފެތުރެމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް