ދަޔާ މަރެއްނުވޭ ! އެންމެ ފަހުގެ އިސްތިހާރުންވެސް ފެންނަނީ ދޮރެއް ވައްޓާލާ މަންޒަރު !

ދިވެހިންގެ މެދުގައިވެސް މަގްބޫލު ޓީވީ ޑްރާމާ ސީރީޒް، ސީއައިޑީގެ އާ ސީޒަން ފަށާނެ ދުވަސް އިއުލާނުކޮށްފިއެވެ. ސީއައިޑީ ގެނެސްދެމުން އަންނަ ސޮނީޓީވީއިން އިއްޔެ ވަނީ ސީއައިޑީ އާ ސީޒަންގެ އާ އިސްތިހާރެއް ދ...

23 Nov 2024 | 10:01

ދިވެހިންގެ މެދުގައިވެސް މަގްބޫލު ޓީވީ ޑްރާމާ ސީރީޒް، ސީއައިޑީގެ އާ ސީޒަން ފަށާނެ ދުވަސް އިއުލާނުކޮށްފިއެވެ.

ސީއައިޑީ ގެނެސްދެމުން އަންނަ ސޮނީޓީވީއިން އިއްޔެ ވަނީ ސީއައިޑީ އާ ސީޒަންގެ އާ އިސްތިހާރެއް ދޫކޮށްލާފައެވެ.

އެ އިސްތިހާރުން ފެންނަނީ ހަށިގަނޑުގެ އެތަން މިތަނަށް ވަޒަން އަރާފައިވާ ދަޔާ، ރެޑީވެގެން ބަޑިހިފައިގެން މަގުމައްޗަށް ނިކުންނަ މަންޒަރެވެ.

ނެރޭޝަންގައި ބުނަނީ "ތިމަންނަ މަރާލުމަކީ ފަސޭހަކަމެއްކަމަށް ދުޝްމިނުންނަށް ހީވިނަމަވެސް، އެހާ ފަސޭހައިން މަރާލެވޭ މީހަކަށް ދަޔާ" ނުވާނެކަމަށެވެ.

އެއަށްފަހު ދެން އެ އެ އިސްތިހާރުން ފެންނަނީ ދަޔާއަށް ފިލަން ބަޔަކު ދުވާ މަންޒަރެވެ. ދެން ފެންނަ މަންޒަރުން "ދަޔާ ދަރުވާޒާ ތޯޅު" އޭ އޭސީޕީ ޕްރަދްޔުމާން ބުނާއަޑާއެކު ދެން ފެނިގެންދަނީ، ދަޔާ ދޮރެއް ވައްޓާލާ މަންޒަރެވެ.

ސީއައިޑީގެ އާ ސީޒަންގެ ފުރަތަމަ އިސްތިހާރުން ފެންނަގޮތުންނަމަ ދަޔާ މަރުވާހެން ސިފަކޮށްދެއެވެ. އެހެންނަމަވެސް އެންމެ ފަހުގެ އިސްތިހާރުން ދަޔާ ފެނިގެންދިއުމުން އާ ސީޒަންގައިވެސް ދަޔާގެ ކެރެކްޓާ ހާއްސަގޮތެއްގައި ފެނިގެންދާނެކަމަށް ބެލެވެއެވެ.

އިއްޔެ ސޮނީއިން އިއުލާނުކޮށްފައިވާގޮތުގައި އާ ސީޒަން ފަށާނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

https://www.youtube.com/watch?v=ccz9SwkmltQ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް