މަމީ ނަފްސާނީ ބަލި ހުންނަ މީހެއްކަމަށްބުނެ ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މީހާގެ ވަނަވަރު ހާމަކޮށްފި

އިއްޔެ އިރު އޮއްސުނުހާއިރު އާންމުންގެ މީހަކާއި ފުލުހަކަށް ތޫނުއެއްޗަކުން ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. ހައްޔަރުކޮށްފައވަނީ އދ. ދަނގެތި، ލިލ...

23 Nov 2024 | 09:39

އިއްޔެ އިރު އޮއްސުނުހާއިރު އާންމުންގެ މީހަކާއި ފުލުހަކަށް ތޫނުއެއްޗަކުން ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ހައްޔަރުކޮށްފައވަނީ އދ. ދަނގެތި، ލިލީގެ، އުމުރުން 33 އަހަރުގެ ހުސެއިން ފާއިގް އެވެ.

ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގި އެ ހާދިސާގައި އެމީހާ ފުރަތަމަ ހަމަލާދޭން އުޅުނީ އާންމުންގެ މީހަކަށެވެ. އަދި އެމީހާ ހުއްޓުވަން އުޅުނު ފުލުހަކަށްވެސް ހަމަލާދޭން މަސައްކަތްކުރިކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން އަޑުއިވޭގޮތުގައި “މަމީ ނަފްސާނީ މީހެއް” ކަމަށް އެމީހާ ބުނާ އަޑު އިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް