ވަގުތުން މުއިއްޒު އިސްތިއުފާ ދޭންޖެހޭ: މަލީހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް މަލީހް ޖަމާލް ގޮވާލައްވައިފިއެވެ. ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމްއިން ވަކިވުމާއެކު މިރޭ ކުރެއްވި ...

23 Nov 2023 | 18:16

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް މަލީހް ޖަމާލް ގޮވާލައްވައިފިއެވެ.

ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމްއިން ވަކިވުމާއެކު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މަލީހް ވިދާޅުވީ ފުރަތަމަ ދުވަހު ރައީށް ޔާމީން މިނިވަން ނުކުރެއްވިކަމަށާއި ވެރިކަމަށް ވަޑައިގަތް ހުސްގޮނޑި ހަނދާން ނެތިއްޖެ ކަމަށެވެ. އަދި ޑރ. މުއިއްޒުގެ ވެރިކަމުގެ ލެގިޓިމެސީ ގެއްލިފައިވާކަމަށްވެސް މަލީހް ވިދާޅުވެފައިވެއެވެ.

މަލީހް މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމްއިން ރައީސް ޔާމީން މިރޭ މިވަނީ ވަކިވެވަޑައިގެންފައެވެ. އަދި އާ ޕާޓީއެއް އުފައްދަވާނެކަން އިއުލާނުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް