ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންފި – އަމާޒަކީ އާ ޕާޓީއެއް

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ. މިކަން އިއުލާނުކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ އައު...

23 Nov 2023 | 17:51

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ.

މިކަން އިއުލާނުކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ އައު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަބްދުއްރަހީމް މިހާރު ރައީސް ޔާމީން ގުޅުއްވުމުން ފޯނުވެސް ނުނަންގަވާކަމަށެވެ.

ޖަމީލް ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ އަމާޒަކީ އާ ޕާޓީއެއް ހެދުމެވެ. އަދި އާ ޕާޓީން ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރުމެވެ. އަދި ދެން އަންނަ ރިޔާސީ އިންތިހާބެއްވެސް ނެގުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް