ފޮންޑް މޯލްޑިވްސް އާއި މޫލީ ގުޅިގެން، ނަސީބުވެރި ފަރާތަކަށް އަންހެން އަދި ފިރިހެން ސެންޓް ފުޅިއެއް ލިބޭ ގިވްއަވޭއެއް

ފޮންޑް މޯލްޑިވްސް އާއި މޫލީ ގުޅިގެން، ނަސީބުވެރި ފަރާތަކަށް އަންހެން އަދި ފިރިހެން ސެންޓް ފުޅިއެއް ލިބޭ ގިވްއަވޭއެއް ފަށައިފިއެވެ. މި ގިވްއަވޭ ކުރިއަށްދާ ގޮތަކީ:- ފޭސްބުކްގައި ފޮންޑް މޯލްޑިވްސް އަދި މ...

23 Nov 2023 | 14:25

ފޮންޑް މޯލްޑިވްސް އާއި މޫލީ ގުޅިގެން، ނަސީބުވެރި ފަރާތަކަށް އަންހެން އަދި ފިރިހެން ސެންޓް ފުޅިއެއް ލިބޭ ގިވްއަވޭއެއް ފަށައިފިއެވެ.

މި ގިވްއަވޭ ކުރިއަށްދާ ގޮތަކީ:-

  • ފޭސްބުކްގައި ފޮންޑް މޯލްޑިވްސް އަދި މޫލީގެ ޕޯސްޓަށް ލައިކެއް ދިނުން، އަދި ދެ ޕޭޖް ފޮލޯކޮށްލުން
  • މޫލީގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކޮށްފައިވާ "ފޮންޑް މޯލްޑިވްސް" ގެ ޕޯސްޓަށް ކޮމެންޓް ކުރުމުގައި ދެ ރަހުމަތްތެރިއަކު ޓެގްކޮށްލުން އަދި ކޮމެންޓްގައި ހޭޝްޓެގް #FunWithMoolee ހިމެނުން
  • ޕަބްލިކްކޮށް އެ ޕޯސްޓް ޝެއަރކޮށްލުން

މި ގިވްއަވޭގެ ފުރުސަތު ކުރިއަށްގެންދަނީ އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

މޫލީ މެދުވެރިކޮށް ފޮންޑްގެ ސެންޓް އޮންލައިންކޮށް ގަނެލުމުގެ ފުރުސަތު ލިބޭއިރު މޫލީގެ ފަރާތުން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ހިލޭ ޑެލިވަރ ކޮށްދޭނެއެވެ.

ފޮންޑް މޯލްޑިވްސް އިން މައުލޫމާތުދޭގޮތުގައި އެ އުފެއްދުމަކީ ދިވެހި އުފެއްދުމެއް ތަޢާރަފްކުރުމަށް ކުރެވުނު ޚިޔާލުތަކުގެ ތެރެއިން އުފަންވި ޚިޔާލެކެވެ. އަމާޒަކަށްވީ އޮރިޖިނަލް އިމްޕޯރޓެޑް ޕާފިއުމްއާއި ވާދަ ކުރެވޭ ފެންވަރުގެ ޕާފިއުމެއް އުފެއްދުމެވެ. ދެވަނަ އަމާޒަކަށްވީ އުފައްދާ ޕާފިއުމްއަކީ ފެންވަރު ރަނގަޅު އެހެނަސް އެންމެނަށްވެސް ގަނެވޭ އަގެއްގައި ލިބެން ހުންނަ ޕާފިއުމްއަކަށް ހެދުމެވެ.

މިގޮތުން މީރުވަހެއް ހުރުމާއިއެކު އަށްގަޑި އިރާއި ބާރަ ގަޑިއިރަށް ވަސް ހުރުން އެއީ ޕާފިއުމް އުފެއްދުމުގައި ހިފަހައްޓާ ސްޓެންޑަރޑެވެ. ޕާފިމުގެ އަގު އެއްހާސް ރުފިޔާއަށް ވުރެ ދަށް އަގެއްގައި ހިފެހެއްޓުން އެއީ ހިފަހައްޓާ މިންގަނޑެވެ.ފޮންޑްގެ ޖެނެރަލް މެނޭޖަރ އިނާޔަތު ސައީދު ވިދާޅުވިއެވެ.

މިމަސައްކަތަށް ބޭނުންވާ ރޯމެޓެރީއަލް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުން ގެނެސް ރާއްޖޭގައި ބަންދުކޮށް، ފޮންޑުގެ ދެ ޕާފިއުމް އެއް މިހާތަނަށް ބާޒާރަށް ނެރެވިއްޖެއެވެ. އަދި ކަސްޓަމަރުންގެ ވަރަށްބޮޑު ތަރްޙީބެއް މި ޕާފިއުމަށް ދަނީ ލިބެމުންނެވެ. ކުރިއަށް އޮތްތަނުގައި މި ބްރޭންޑްގެ އައު ދެ ސެންޓް ބާޒާރަށް ނެރެވުމުން ދާނެއެވެ.

މިވަގުތު މޫލީގެ އިތުރުން މާލޭގައި ބަނީރާ، ބިއުޓެކް އަދި ސޯސަންމަގުގައި ހުންނަ ޕާފިއުމަރީން ލިބެންހުންނާނެއެވެ.

ހުޅުމާލެއިން ނަމަ ރަވެލް އަދި ބިޔުޓީ ސްޓްރީޓުން ލިބެން ހުންނާނެއެވެ.

ފޮންޑްގެ ޝޯރޫމް އަންނަ މަހުގައި ހުޅުވުމަށް މަސައްކަތް ކުރަމުން ދާކަމަށް އިނާޔަތު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް