ރޭގަނޑު 10 ގެ ފަހުން ބޭރުގައި އުޅުން މަނާކޮށް ލަމްހާ ދޫކޮށްލައިފި

ފިލިޕީންސް ނަރުހެއް ކަމުގައިވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިހުރި ހަލީމަތު ލަމްހާ މިއަދު ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތު ތަކަކާއެކުގައެވެ. އެގޮތުން ރޭގަނޑު 10 އިން ހ...

23 Nov 2023 | 11:45

ފިލިޕީންސް ނަރުހެއް ކަމުގައިވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިހުރި ހަލީމަތު ލަމްހާ މިއަދު ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލާފައިވަނީ ޝަރުތު ތަކަކާއެކުގައެވެ.

އެގޮތުން ރޭގަނޑު 10 އިން ހެނދުނު 06 އާއި ދެމެދު ގެއިން ބޭރުގައި ނޫޅުމާއި އަދި މާލެއިން ބޭރަށް ދާނަމަ ކޯޓު ހުއްދަ ހޯދުންފަދަ ބައެއް ޝަރުތުތައް ހިމެނެއެވެ.

މޭރީގެ ފިރިމީހާ އާއި ގުޅިގެން މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކޮށް ލަމްހާ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި މައްސަލައިގާ ލަމްހާ އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށްވެސް ދައުވާ ކުރެއެވެ. ލަމްހާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ. މޭރީގެ ފިރިމީހާ، މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލި ކަމުގެ ތުހުމަތުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް