ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ސިޔާސީ މަގާމަކަށް އައްޔަން ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ހޯމް މިނިސްޓަރުގެ ނައިބުގެ މަގާމަށް އަޝްރަފް އައްޔަން ކޮށްފައިވާ ކަމަށެވެ.
އަޝްރަފް ޢަލީ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗާ ހާސިލްކުރައްވާފައެވެ.
މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފްވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑީންގެ މަޤާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަޤާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމު މަގާމު ފުރުއްވާފައެވެ.
މީގެ އިތުރުން އަޝްރަފަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް