ފީފާ ވޯލްޑް ކަޕް 2022: ބެލްޖިއަމް-ކެނެޑާ މެޗު ޕްރިވިޔު

ބެލްޖިއަމްގެ ގޯލްޑަން ޖެނެރޭޝަންގެ ގޮތުގައި ސިފަކުރީ ޓީމުގެ ގިނަ ކުޅުންތެރިންނަށް މިއީ ފަހު މުބާރާތް ކަމުގައިވުން ގާތެވެ. އެ ޓީމު ކެނެޑާއާ ދެކޮޅަށް ވޯލްޑް ކަޕް 2022 ފަށާއިރު، މިއީ 1986 ގެ ފަހުން ކެނެޑ...

23 Nov 2022 | 11:07

ބެލްޖިއަމްގެ ގޯލްޑަން ޖެނެރޭޝަންގެ ގޮތުގައި ސިފަކުރީ ޓީމުގެ ގިނަ ކުޅުންތެރިންނަށް މިއީ ފަހު މުބާރާތް ކަމުގައިވުން ގާތެވެ. އެ ޓީމު ކެނެޑާއާ ދެކޮޅަށް ވޯލްޑް ކަޕް 2022 ފަށާއިރު، މިއީ 1986 ގެ ފަހުން ކެނެޑާ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ތާރީޚް: 24 ނޮވެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: އަހްމަދު ބިން އަލީ ސްޓޭޑިއަމް

ގްރޫޕް: އެފް

ފީފާ ރޭންކިންގ: ބެލްޖިއަމް (2)، ކެނެޑާ (41)

ބެލްޖިއަމް ޓީމަށް ނަޒަރެއް:

2016 ގެ ޔޫރޯގެ ފަހުން ބޮޑު މުބާރާތެއްގައި ފޭވަރިޓުންގެ ލިސްޓުގައި ބެލްޖިއަމް ނުކިޔާ މިއީ ފުރަތަމަ ފަހަރުކަމުގައި ވެދާނެއެވެ. ބެލްޖިއަމްގެ ޓީމު ވަރުގަދަޔަސް، ފާއިތުވި މުބާރާތްތަކުގައި އެ މީހުންނަށް ތަށްޓާ ހަމައަށް ދެވިފައެއް ނެތެވެ. އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންނަކީ ކެވިން ޑެ ބްރޭނާ އާއި ގޯލްކީޕަރ ތިއަބޯ ކޯޓުއާ އެވެ. އަނިޔާގެ މައްސަލަތަކާހުރެ ކެޕްޓަން ހަޒާޑްގެ ކުޅުން ދަށްވެފައިވިޔަސް، އޭނާ މިރޭގެ މެޗުގެ ފުރަތަމަ 11 އިން ފެނުން ވަރަށް ގާތެވެ.

ކެނެޑާ ޓީމަށް ނަޒަރެއް:

ޒަމާންތަކަކަށްފަހު ކެނެޑާ ޓީމު ވޯލްޑް ކަޕަކަށް ކޮލިފައިވެފައިވާއިރު، އަދި ފުރަތަމަ މެޗުގައި ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އަލްފަންސޯ ޑެވީސްއެވެ. ދުވެލި ބާރު މި ފުލްބެކްގެ ނުރައްކާގެ އިތުރުން ބެލްޖިއަމް ޓީމަށް، ފޯވާޑް ޖޮނަތަން ޑޭވިޑް ހިފެހެއްޓުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ.

ބެލްޖިއަމްގެ ފޯމް:

ބެލްޖިއަމް އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ، 2 މެޗުން ބަލިވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.

ކެނެޑާ ފޯމް:

ކެނެޑާ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ، 2 މެޗުން ބަލިވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް