2010 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ދެ ވަނަ ތަށްޓެއް ހޯދުމަށް ފަށާ ދަތުރުގައި މިއަދު ފުރަތަމަ ނުކުންނާނީ ކޮސްޓަރިކާއާ ދެކޮޅަށެވެ. ޖަރުމަނު ވެސް ހިމެނޭ މަރުގެ މި ގްރޫޕްގައި ކުރިޔަށް ދިއުމަށް މިއަދުގެ މެޗު ކާމިޔާބު ކުރުން ދެ ޓީމަށް ވެސް ވަރަށް މުހިންމެވެ.
ވޯލްޑް ކަޕްގައި މީގެ ކުރިން މި ދެ ޓީމު ބައްދަލުކޮށްފައެއް ނުވެއެވެ.
ތާރީޚް: 23 ނޮވެމްބަރ 2022
ގަޑި: 21:00
ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް
ގްރޫޕް: އީ
ފީފާ ރޭންކިންގ: ސްޕެއިން (7)، ކޮސްޓަރިކާ (31)
ސްޕެއިން ޓީމަށް ނަޒަރެއް:
ސްޕެއިންއަށް ވޯލްޑް ކަޕް ހޯދައިދިން ރަން ޖީލަށްފަހު، މިހާރު އެ ޓީމުގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. ރަން ޖީލުގެ ކުޅުންތެރިޔަކަށް ހުރީ ބުސްކެޓްއެވެ. ސްޕެއިން ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެނީ ޒުވާން ދެ ކުޅުންތެރިންކަމަށްވާ ގަވީ އާއި ޕެޑްރޯ އެވެ. މީގެ އިތުރުން އާންމުކޮށް ގޯލު ޖެހުމުގެ މައްސަލަ ކުރިމަތިވާ ސްޕެއިންގެ ޒުވާން ހުނަރުވެރި ފޯވާޑް އަންސޫ ފަތީ ފިޓް ވެފައި ހުރުމަކީ އެ ޓީމަށް ލިބޭނެ ހިތްހަމަޖެހުމެވެ. އެހެނަސް، ފުރަތަމަ 11 އިން އޭނާ ފެނިދާނެކަން އަދި ޔަގީނެއް ނޫނެވެ.
ކޮސްޓަރިކާ ޓީމަށް ނަޒަރެއް:
ކޮސްޓަރިކާ ޓީމުން ނުކުންނާނީ 2014 ވަނަ އަހަރުގެ ތަފާތު ކާމިޔާބީ ތަކުރާރުކުރުމަށެވެ. އެފަހަރު އުރުގުއޭ، އިންގްލެންޑް އަދި އިޓަލީ ހިމެނޭ ގްރޫޕްގެ އެއް ވަނަ ކޮސްޓަރިކާ ހޯދިއިރު، މިފަހަރު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ގޯލްކީޕަރ ކޭލާ ނާވަސްއެވެ. ކޮލިފައިންގައި ވެސް މޮޅު ކުޅުމެއް ދެއްކި ކޮސްޓަރިކާއަކީ ވަރުގަދަ ކުޅުމެއް ކުޅޭ، ބޮޑެތި ޓީމުތަކަށް މާޔޫސްކަން ކުރިމަތިކުރުވާ ބައެކެވެ.
ސްޕެއިންގެ ފޯމް:
ސްޕެއިން އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ 1 މެޗުން ބަލިވީއެވެ.
ކޮސްޓަރިކާ ފޯމް:
ކޮސްޓަރިކާ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން މޮޅުވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް