ފީފާ ވޯލްޑް ކަޕް 2022: ޖާމަނީ-ޖަޕާން މެޗު ޕްރިވިޔު

ދުނިޔޭގެ ޗެމްޕިއަންކަން 4 ފަހަރު ހޯދާފައިވާ ޖަރުމަނުން ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި، ތަޖުރިބާކާރު ކުޅުންތެރިން ވެސް ހިމެނޭ ވަރުގަދަ ސްކޮޑަކާއެކު ވޯލްޑް ކަޕާ ކުރިމަތިލާއިރު، އެ ޓީމާ ވާދަކުރަން އޮ...

23 Nov 2022 | 09:47

ދުނިޔޭގެ ޗެމްޕިއަންކަން 4 ފަހަރު ހޯދާފައިވާ ޖަރުމަނުން ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި، ތަޖުރިބާކާރު ކުޅުންތެރިން ވެސް ހިމެނޭ ވަރުގަދަ ސްކޮޑަކާއެކު ވޯލްޑް ކަޕާ ކުރިމަތިލާއިރު، އެ ޓީމާ ވާދަކުރަން އޮތް ޖަޕާން ޓީމުގައި ބުންޑަސްލީގާގައި ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން ތިބުމަކީ އެ ޓީމު ޖަރުމަނަށް ނުރައްކާތެރިވެދާނެ ސަބަބެކެވެ.

ޖަރުމަނާއި ޖަޕާން މިހާތަނަށް ވޯލްޑް ކަޕްގައި ކުރިމަތިލާފައެއް ނުވެއެވެ. އެހެނަސް، މީގެ ކުރިން އިންޓަނޭޝަނަލް ފްރެންޑްލީ 4 މެޗު ކުޅެފައިވާއިރު، 2 މެޗު އެއްވަރުވެ، އަނެއް 2 މެޗުން ޖަރުމަނު މޮޅުވީއެވެ.

ތާރީޚް: 23 ނޮވެމްބަރ 2022

ގަޑި: 18:00

ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

ގްރޫޕް: އީ

ފީފާ ރޭންކިންގ: ޖާމަނީ (11)، ޖަޕާން (24)

ޖަރުމަނު ޓީމަށް ނަޒަރެއް:

ޖަރުމަނު ޓީމަށް އެންމެ މުހިންމު ކުޅުންތެރިޔަކީ ތޯމަސް މުލާއެވެ. އޭނާއަކީ 2010 އަދި 2014 ގެ ވޯލްޑް ކަޕްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެވެ. ހުރިހާ ޑިޕާޓްމަންޓެއް ވެސް ވަރަށް ވަރުގަދަކޮށް ފެންނަ ޖަރުމަނު ޓީމު ފުރަތަމަ ފަހަރަށް ޖަމާލް މުސިއަލާ މިއަދު ފެނުން ގާތެވެ. ޒުވާން މި ކުޅުންތެރިޔާ މި ސީޒަންގައި ބަޔާންއާއެކު އަންނަނީ ވަރަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޖަޕާން ޓީމަށް ނަޒަރެއް:

ޖަޕާން ޓީމާމެދު ދެރަކޮށް ނުވިސްނަންވީ ސަބަބުތައް ވެސް މަދެއް ނޫނެވެ. ޖަޕާން ޓީމަކީ ގިނަ ފަހަރަށް ގިނަ ބަޔަކު އުންމީދު ކުރާވަރަށްވުރެ ރަނގަޅު ނަތީޖާ ނެރޭ ޓީމެކެވެ. ޖަޕާންއިން މި މެޗާކުރިމަތިލާއިރު، އެ ޓީމުގައި އޮތީ ޒުވާން ޓީމެވެ. ކަމަޑާ، މިޓޮމާ އަދި މިނަމީނޯގެ އެޓޭކިންގ ފޯސް ބަލިކަށި ނުވާނެއެވެ.

ޖަރުމަނުގެ ފޯމް:

ޖަރުމަނު އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން މޮޅުވީ 2 މެޗުންނެވެ. 2 މެޗު އެއްވަރުވިއިރު، 1 ބަލިވެފައިވެއެވެ.

ޖަޕާންގެ ފޯމް:

ޖަޕާން އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ، 2 މެޗުން ބަލިވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް