ހެލްތު މިނިސްޓްރީއަށް 13 ލޯންޗު ގަންނަން ގަލްފް ކްރާފްޓާ ހަވާލުކޮށްފި

ހެލްތު މިނިސްޓްރީއަށް 13 ލޯންޗު ގަންނަން ގަލްފް ކްރާފްޓް ކުންފުންޏާއި ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އަޙުމަދު އާދިލް އެވެ. ގަލްފ...

23 Nov 2022 | 07:31

ހެލްތު މިނިސްޓްރީއަށް 13 ލޯންޗު ގަންނަން ގަލްފް ކްރާފްޓް ކުންފުންޏާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އަޙުމަދު އާދިލް އެވެ. ގަލްފް ކްރާފް މޯލްޑިވްސްގެ ފަރާތުން ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރު ކޯސްޓާސް އެލިއޯޕްލަސްއެވެ.

މި އެއްބަސްވުމުގެ ދަށުން13 ލޯންޗު އެ މިނިސްޓްރީއަށް ފޯރުކޮށްދޭން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެވެ. މި ސްޕީޑް ބޯޓްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ލެބޯޓްރީ ސާމްޕަލް ގެން ދިއުމަށާއި އައުޓްރީޗް ޕްރޮގްރާމް ހިންގުމަށް އަދި އިމަރޖެންސީ ޙާލަތުގައި ބަލިމީހުން އުފުލުމަށް ކަމަށް ހެލްތުން ބުނެ އެވެ.

ހެލްތުން ބުނީ މިކަމުގެ ސަބަބުން މިވަގުތު ލެބޯޓްރީ ނެތް ރަށްރަށުންނާއި ބައެއް ޓެސްޓްތައް ނެހެދޭ ލެބޯރޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަ ވާނެ އެވެ. އަދި ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންގެ ޚި ދުމަތާއި އަދި އެނޫންވެސް

ޙިދުމަތްތަކާއިއެކު އައުޓް ރީޗް ޕްރޮގްރާމްތައް އެއަތޮޅެއްގެ ރަށްތަކަށް ހިންގުމަށް ފަސޭހަވެގެންދާނެއެވެ.

މިއީ ވޯލްޑް ބޭންކް އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް-19

އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނަސް ޕްރޮޖެކްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް