ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތްގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފި އެވެ. ޖޭއެސްސީން ބުނީ ގާޒީ ސަފްވަތުގެ ސުލުކީ މައްސަ ބަލަން ނިންމައި ތަހުގީގު ކޮމިޓީއެއް އެކުލަވާ...

23 Nov 2022 | 06:45

ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން ބުނީ ގާޒީ ސަފްވަތުގެ ސުލުކީ މައްސަ ބަލަން ނިންމައި ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައި ވާކަމަށެވެ.

އެ ގާޒީގެ މައްސަލަ ބަލަން ނިންމީ ސަފްވަތު ބެއްލެވި މައްސަލައަކާއި ގުޅިގެންނެވެ.

އެއީ ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް