އާޖެންޓީނާ ބަލިކުރުމުން، ބުރްޖް ހަލީފާވެސް ސައުދީގެ ގައުމީ ލަވައާ އެކު ދިއްލާލައިފި

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ސައުދީ އަރަބިއްޔާއިން، އާޖެންޓީނާ ބަލި ކުރުމުން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖް ހަލީވާވެސް އެ ގައުމުގެ ގައުމީ ލަވަ އާއި އެކު ދިއްލ...

23 Nov 2022 | 06:03

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ސައުދީ އަރަބިއްޔާއިން، އާޖެންޓީނާ ބަލި ކުރުމުން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖް ހަލީވާވެސް އެ ގައުމުގެ ގައުމީ ލަވަ އާއި އެކު ދިއްލާލައިފި އެވެ.

ސައުދީން، އަޖެންޓިނާ ބަލި ކުރީ2-1 ންނެވެ. މިއީ ފުޓުބޯޅައިގަ މުޅި ދުނިޔެއަށް ލިބުނު ޝޮކެއްގެ ގޮތުގައި ދަނީ ފާހަގަ ކުރަމުންނެވެ.

ސައުދީން ވަނީ މިއަދަކީ އުފާފާޅު ކުރުމުގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ސަރުކާރު ބަންދުކޮށްފައި އެވެ. ސްކޫލްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް މިއަދަކީ ސައުދީގައި ބަންދު ދުވަހެކެވެ.

ސައުދީއަށް ލިބުނު ކާމިޔާބު ފާހަގަ ކުރަމުންދަނީ ހަމައެކަނި އެގައުމަކުން ނޫނެވެ. އިސްލާމީ ގައުމުތަކުންވެސް ދަނީ އެ އުފަލުގައި ބައިވެރިވަމުންނެވެ.

އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ވަނީ ސައުދިއަށް މަރުހަބާ ކިޔައި ދިއްލާލާފައި އެވެ. އަދި އިމާރާތް ދިއްލާލާލި ވަގުތު ސައުދީ ގައުމީ ސަލާމް ޖަހާފައިވެ އެވެ.

https://twitter.com/BurjKhalifa/status/1595109684025110528

ސައުދީން އިއްޔެގެ މެޗުގައި ގަދަ ފަދަ އާޖެންޓީނާ ބަލި ކުރީ ފަހަތުން އަރަ އެވެ. އެ މެޗުގައި އާންޖެންޓީނާއަށް ޖެހުނު ހަމައެކަނި ލަނޑަކީ ލިބުނު ޕެނަކްޓީއެއްގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް