ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާއި ގާތަށް ޖެހިލައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ 82 ޕަސެންޓު މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަޔާ ބިލްޑިންގް ގެ 95 ޕަސެންޓު އަދި ޓާމިނަލް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތުގެ 80 ޕަސެންޓު މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަަމށް ބުނެ އެވެ.
ސައިޓުގައި މިހާރު ކުރިއަށް ދަނީ ސެކިއުރިޓީ ފެންސު ޖެހުމުގެ މަސައްކަތް ކަމަށް މައުލޫމާތުދެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގައި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމް ކުރާނެ އެވެ. އަދި ފަޔާ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިންގ އެއް އިމާރާތް ކުރާނެ އެވެ.
މި މަޝްރޫޢުގެ ދަށުން، 9,780 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 110 މީޓަރުގެ ބްރިޖެއް އެޅުމާއި، 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުން ހިމެނެ އެވެ.
މީގެ އިތުރުން ޕޭވިން މަސައްކަތް ކުރުމާއި، މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއަކީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް