"ައަންހެނުންނަށް ކުރާ އަނިޔާތައް ދެނެގަތުމަށް ""މަމްސް""އިން ސާވޭ އެއް ކުރަނީ"

އަންހެނުންނަށް ކުރާ ތަފާތު އަނިޔާތައް ދެނެގަތުމަށްޓަކައި މަންމައިންގެ ކުރިއެރުމަށް މަސައްކަތް ކުރާ "މަމްސް" ޖަމިއްޔާއިން ސާވޭ އެއް ކުރުމަށް ނިންމައިފިއެވެ. އަންހެނުންނަށް ކުރާ ތަފާތު އަނިޔާތައް ދެނެގަ...

23 Nov 2022 | 01:45

އަންހެނުންނަށް ކުރާ ތަފާތު އަނިޔާތައް ދެނެގަތުމަށްޓަކައި މަންމައިންގެ ކުރިއެރުމަށް މަސައްކަތް ކުރާ "މަމްސް" ޖަމިއްޔާއިން ސާވޭ އެއް ކުރުމަށް ނިންމައިފިއެވެ.

އަންހެނުންނަށް ކުރާ ތަފާތު އަނިޔާތައް ދެނެގަތުމަށްޓަކައި "މަމްސް" އިން ކުރަން ނިންމާފައިވާ ސާވޭގެ ފޯމު ވަނީ މިރޭ އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައެވެ.

އެޖަމިއްޔާ އިން ބުނީ ކޮންމެ ތިން އަންހެނަކުން އެކަކީ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ކަހަލަ އަނިޔާއެއްގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށެވެ. މިފަދަ އަނިޔާތަކަށް މީހުން ހޭލުންތެރިކުރުވުމަށް އަނިޔާތައް ދެނެގަނެ، މިކަމާއި ގުޅޭގޮތުން އާންމުންގެ މަޢުލޫމާތު ހުރި މިންވަރު ދެނެގަތުމުގެ އިތުރުން މުޖުތަމަޢުތެރޭގައި މިވާހަކަ ދެއްކުން މުހިންމު ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފައި ވެއެވެ.

މިފޯރމަކީ މިފަދަ އަނިޔާތައް ހުއްޓުވައި، މީހުން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު އެއްކުރުމަށް ކުރެވޭ ދިރާސާއެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

އެހެންކަމުން ވީހާވެސް ގިނަ އަންހެނުން މި ސާވޭ ފޯރމް ފުރައި އެޖަމިއްޔާގެ ކެމްޕެއިން ގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން އެދިފައި ވެއެެވެ.

މީގެ އިތުރުން މަމްސް އިން ބުނީ ފޯރމުގައި ހިއްސާކުރެވޭ މައުލޫމާތުތަކަކީ ހަމައެކަނި އެ ޖަމިއްޔާގެ ޑާޓާ ކަލެކްޝަންއަށް ބޭނުންކުރެވިގެންދާނެ މަޢުލޫމާތުތަކެއް ކަމަށެވެ.

މަމްސް ޖަމިއްޔާއިން ދަނީ އަންހެނުންގެ ހޭލުންތެރިކަމަށް ގިނަ ޕްރޮގްރާމްތައް ހިންގާ ހާލުގައި އުޅޭ މައިންގެ ގެދޮރު މަރާމާތުކޮށް ބޭނުން ޖެހިފައިވާ އެކި މައިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް