އިންޑިއާގެ ދަނޑުވެރިއަކު ގެރިތަކަކަށް ކާންދެނީ --
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ދެ އަވަށެއްގައި ދިރިއުޅޭ 450 އަށްވުރެ ގިނަ މީހުންނަށް ރޭބީޒް ވެކްސިން ދޭން ޖެހިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެހާ ގިނަ މީހުންނަށް ވެކްސިން ދިނީ ގެރިއެއްގެ ކިރު ބުއި މީހުންގެ ތެރޭގައި އެމީހުން ހިމެނިގެންނެވެ. އެ ގެރި ކުއްލިގޮތަކަށް މަރުވީ އޭގެ ވެރިމީހާ އޭގެން ނެގި ކިރު ދެ ފިހާރައަކަށާއި ގޭބިސީތަކަށް ވިއްކާފައި ވަނިކޮށެވެ.
ގެރި މަރުވި ގޮތުން ގެރި ބަލަހައްޓާ ވެރިމީހާ ވަނީ އޭގެ ހާލަތަު ޖަނަވާރުންގެ ޑޮކްޓަރުންތަކަކަށް ވަގުތުން ގޮސް ކިޔައިދީފައި އެވެ. އަދި ޑޮކްޓަރުން ބެލުމަށް ފަހު ބުނެފައިވަނީ ގެރި މަރުވެފައިވަނީ ކުއްތާއެއް ދަން އަޅައިގެން ލިބުނު އަނިޔާތަކުގައި ކަމަށާއި ދަތް އެޅި ކުއްތާއަކީ ވަލު ކުއްތާއެއް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންވެ ކުއްތާއިން ގެރިއަށް ޖަރާސީމު ވާރުތަވެގެން ގެރި ބަލިވެ އުޅުމަށް ފަހު މަރުވީ ކަމަށް ޑޮކްޓަރުން ލަފާ ކުރި އެވެ.
އެކަމާއި ގުޅިގެން އެ ސަރަހައްދުގެ ހެލްތް އޮފިޝަލުން ވަނީ އެ ގެރީގެ ކިރު ގަނެގެން ބުއި އެންމެން ހޯދައި ރޭބީޒް ވެކްސިން ދީފައި އެވެ. ހެލްތް ޑިޕާޓްމެންޓުން ބުނީ އެ ފިޔަވަޅު އެޅީ ރައްކާތެރި ކަމުގެ ގޮތުން ކަމަށެވެ.
ރޭބީޒް ވެކްސިން ދެނީ ޖަނަވާރުންގެ ކުޅު ނުވަތަ ގައިން ނުކުންނަ ދަވައަކުން އިންސާނުން ގަޔަށް އަރާ ބައްޔަކުން ދިފާއު ވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް