މި ސަރަހައްދުގައި ހުރި ތޫފާނީ ސެޓަޕްތައް - އިންފޯގްރެފިކްސް / ދުވަސް
ދުވަހުގެ މޫސުމުގައި މި ބަލައިލަނީ މި
ސަރަހައްދުގައި ހުރި ކޮޅިގަނޑުތަކަށެވެ.
އެންމެ ގިނަ ދުވަސްވީ އެއް ކޮޅިގަނޑަކީ އަރަބި
ކަނޑުގައި ލަކްޝަދްވީޕް (މަލިކު އަތޮޅު) ކައިރީގައި އެހުރި ކޮޅިގަނޑެވެ. އެ ކޮޅިގަނޑުގެ
އެންމެ ފަހުގެ އަދާހަމަޔަކީ އެ ކޮޅިގަނޑު ޑިޕްރެޝަނަކަށް ބަދަލުވެފައިވާކަމެވެ. މަދު
ސްޕީޑެއްގައި ދަތުރުކުރަމުންދަނީ އޮމާނާވީ ފަޅިއަށް ކަމެވެ. އެ ކޮޅިގަނޑުގެ ބާރު
އަދި ދަށްވާން ފަށާފައެއް ނުވެއެވެ. އިތުރަށް ބާރު ގަދަވެދާނެކަމަށްވެސް
އަންދާޒާކޮށްފައެއް ނުވެއެވެ.
ދެވަނަ ކޮޅިގަނޑަކީ ބަންގާޅު ކަނޑުން އުފެދި މިހާރު
އިންޑިއާގެ ކަރްނާޓަކާ މަތީގައި ހުރި ކޮޅިގަނޑެވެ. ރޭގެ ވަގުތެއްގައި އެ
ކޮޅިގަނޑުގެ ގިންތި "ވެލް މާކްޑް ލޯ ޕްރެޝަރ" ގިންތީގައި ހުރި ނަމަވެސް އެ
ކޮޅިގަނޑުގެ ބާރު ކުޑަކޮށް މަޑުވެ މިހާރު އެ ކޮޅިގަނޑު ހުރީ "ލޯ
ޕްރެޝަރ" ގިންތީގައެވެ.
ތިންވަނަ ކޮޅިގަނޑަކީ އަނެއްކާވެސް ހަމަ ބަންގާޅުކަނޑުން
އަލަށް އުފެދުނު ކޮޅިގަނޑެކެވެ. އަންޑަމަން ނިކޮބަރ އައިލެންޑްސް ކައިރިން
މަޑުމަޑުން އިންޑިއާއާއި ދިމާއަށް ދަތުރުކުރަމުން އަންނަ އެ ކޮޅިގަނޑުގެ ބާރު
އިތުރަށް ގަދަވެ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި "ލޯ ޕްރެޝަރ"
އަކަށް ބަދަލުވެދާނެކަމަށް، އިންޑިއާ މެޓުން ބުނެއެވެ.
ފެށިގެން ފެނިގެން މިދަނީ އިންޑިއާ ކަނޑުގެ ތޫފާނީ
މޫސުމެވެ. ތޫފާނީ މި މޫސުން ފެށުނީ މި މަހުގެ ކުރީކޮޅު އަރަބިކަނޑުން އުފެދުނު
ތޫފާން "ޝަކްތީ" އާއި ހަމައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް