ދުވަހުގެ މޫސުން: ވަޔާއި ކަނޑު ވަރަށް ގަދަ – ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު

ވަޔާއި ކަނޑު ވަރަށް ގަދަވެފައިވާއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ހެނދުނު 09:30 އިން މެންދުރު 01:3...

23 Oct 2025 | 04:51
މިއަދު ހެނދުނު މާލެ ސަރަހައްދު - ފޮޓޯ: ދުވަސް

މިއަދު ހެނދުނު މާލެ ސަރަހައްދު - ފޮޓޯ: ދުވަސް

ވަޔާއި ކަނޑު ވަރަށް ގަދަވެފައިވާއިރު ރާއްޖޭގެ ބޮޑު

ސަރަހައްދަކަށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި

ސަމާލު ނެރެފައިވަނީ ހެނދުނު 09:30 އިން މެންދުރު 01:30 އާއި ދެމެދުގެ ވަގުތަށެވެ.

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ

ރަށްތަކަށް ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30

މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް

ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެފައިވާއިރު އަރަބި ކަނޑުގައި ހުރި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ އެ ކޮޅިގަނޑު މިހާރު ވަނީ ޑިޕްރެޝަނަކަށް ބަދަލުވެފައެވެ. ބަންގާޅު ކަނޑުގައިވެސް ކޮޅިގަނޑެއް ވަނީ އުފެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް