ޝަރުޢީ ދާއިރާގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އެދެން ރައީސް ނިންމަވައިފި

ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން އެ ފަރާތްތައް ކުރެން އެދެން ރައީސް ނިންމަވައިފިއެވެ. ރައީސް މިފަދަ ނިންމެވުން ނިންމަވާފައިވާކަން ހާމަކުރެއްވީ އ...

23 Oct 2024 | 13:58

ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން އެ ފަރާތްތައް ކުރެން އެދެން ރައީސް ނިންމަވައިފިއެވެ.

ރައީސް މިފަދަ ނިންމެވުން ނިންމަވާފައިވާކަން ހާމަކުރެއްވީ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން އަޅަން ނިންމި ބައެއް ފިޔަވަޅުތައް ހާމަކުރައްވައި މިއަދު ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ ވަނީ މިފަދަ ގިނަ ފިވަޔަޅުތަކެއް އަޅަން ނިންމިކަން ހާމަކުރައްވާފައެވެ. އެގޮތުން ސިޔާސީ ވެރިންނާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން ކުރިއަށް އޮތް އަހަރުގެ ބަޖެޓު ހުށަހަޅާއިރު ހުށަހަޅުއްވާނެކަން އިއުލާނުކުރެއްވިއެވެ. އަދި އެމަނިކުފާނުވެސް ނަންގަވާނީ މުސާރައިގެ ބައިކުޅަބައި ކަމުގައި ހާމަކުރެއްވިއެވެ.

މި ފިޔަވަޅުތައް އަޅަން ނިންމަނީ ކުރިއަށް އޮތް ދެ އަހަރަށް ކަމުގައިވެސް ރައީސް ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް