ބޮޑުތަކުރުފާނު މަގަށް ވެރުނު ކުލަތައް ސާފުކުރުމުގައި ސިފައިން ހަރަކާތްތެރިވެއްޖެ

ކުލަ ފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއައި ލޮރީއަކުން ބޮޑުތަކުރުފާނުމަގަށް ވެރުނު ކުލަތައް ސާފުކުރުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ހަރަކާތްތެރިވެއްޖެއެވެ. ފުލުހުން...

23 Oct 2024 | 12:04

ކުލަ ފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއައި ލޮރީއަކުން ބޮޑުތަކުރުފާނުމަގަށް ވެރުނު ކުލަތައް ސާފުކުރުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ހަރަކާތްތެރިވެއްޖެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ބޮޑުތަކުރުފާނުމަގު، މޫންލައިޓް ހިނގުމާ ގުޅޭ ހިސާބުން، ލޮރީއެއްގައި ހުރި ކުލަ ފާޓާތަކެއް ބިންމައްޗަށް ވެރިފައިވާކަމަށް މިއަދު މެންދުރު 12:18 ހާއިރު މައުލޫމާތު ލިބުނު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާކަމަށާއި ކަމާއި ގުޅުންހުރި އިދާރާތަކަށް މައުލޫމާތު ހިއްސާކޮށްފައިވާނެކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް