އިކޮނޮމިކް މިނިސްޓްރީން ޗެނަލް13 ހިންގާ މައި ކުންފުނި، " މީޑިއާ ރިނގ ޕްރައިވެޓް ލިމިޓެޑް" އުވާނުލުމަށް ނިންމެވުމާއި އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް13 ގެ ލައިސަންސު ބާތިލް ކުރުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.
އެގޮތުން ޗެނަލް13 ގެ ސީއީއޯ އިސްމާއިލް ސޮފްވާން13 އޮންލައިން ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން އެ ކުންފުނި އުވާލަން ނިންމެވީ އޮޅުމަކުންކަމަށެވެ. އަދި ކުންފުނި ވައިންޑިންގ އަޕް ޕްރޮސެސްއަށް ގޮސްފައި އޮތީ މީރާއަށް ދައްކަންޖެހޭ އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ކަމަށް ބުނެފައިވީ ނަމަވެސް، އެ ކުންފުނީގެ އަހަރީ ފީ ދައްކާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީޑިއާ ރިންގް ވައިންޑިން އަޕްގެ މަރުހަލާގައި އޮތުމުން، ޗެނަލް13 ގެ ބްރޯޑްކާސްޓިން ލައިސަންސް އުވާލުމަށް ބްރޯޑްކޮމް އިން ފެށި ނަމަވެސް، މިކަމަާއި ގުޅިގެން އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން ވިދާޅުވީ، ޗެނަލް13 އިން އެކަމާއި ގުޅިގެން ބައްދަލުވުމަށް ހާޒިރުވިކަމަށާއި، އެވަގުތު އެ ކުންފުނި އޮތީ ވައިންޑިން ލިސްޓުގައި ނޫން ކަމަށާއި ކުންފުނި މިހާރު އޮތީ ކުންފުނިތަކުގެ ރަޖިސްޓްރީގައި ކަމަށެވެ.
އެގޮތުން ލައިސަންސު އުވާލުމުގެ މަސައްކަތް ހުއްޓާލާފައިވާއިރު، އެކަމުގައި ދެން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އެ ކޮމިޝަންގެ ބައްދަލުވުމަށް އެޖެންޑާ ކުރަން ވެސް ނިންމާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައި ކަމަށް ޗެނަލް13 އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް