ބުޅާ ފެސިލިޓީއަށް ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް އިއުލާން ކޮށްފި

ހުޅުމާލޭގައި ގާއިމްކުރަމުންދާ ބުޅާ ފެސިލިޓީތަކަށް ޑޮކްޓަރުންނާއި ވެޓެރިނަރީ ނަރުހުން ހޯދުމަށް އިއުލާން ކޮށްފިއެވެ. ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ބުޅާ ފެސިލިޓީއަށް ގެންދާ ބުޅާތަކަށް ފަރުވާދި...

23 Oct 2024 | 08:48

ހުޅުމާލޭގައި ގާއިމްކުރަމުންދާ ބުޅާ ފެސިލިޓީތަކަށް ޑޮކްޓަރުންނާއި ވެޓެރިނަރީ ނަރުހުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ބުޅާ ފެސިލިޓީއަށް ގެންދާ ބުޅާތަކަށް ފަރުވާދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ކަމަށެވެ. ވެޓެރިނޭރިއަންއެއް ހޯދުމަށް ސިޓީ ކައުންސިލުން އިުލާން ކުރީ35،000ރ ގެ މުސާރައަކަށެވެ.

އަދި ނަރުހުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ8،130ރ އެވެ. އަދި މަސައްކަތް ކުރާ މކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި100ރ ކަނޑައަޅާފައިވާއިރު، އިތުރުގަޑީގައި މަސައްކަތް ކުރާ ނަމަ މުސާރައިގެ35 އިންސައްތަ ވެސް ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ކުރި އުލާނުގައި ވެއެވެ.

ހުޅުމާލޭގެ ބުޅާ ފެސިލިޓީ މިހާރު ނިމުމަކާއި ގާތްވެފައިވާއިރު އަންނަ މަހު އެ ތަނަށް ބުޅާތަށް ގެންދަން ފަށާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް