ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނިޒާމު މަގާމުން ވަކިކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓު އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ނިޒާމް އެ މަގާމުން ވަކިކޮށްފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ މަގާމުން ވަކިކޮށ...

23 Oct 2024 | 08:28

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓު އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ނިޒާމް އެ މަގާމުން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ މަގާމުން ވަކިކޮށްފައި ވަނީ މިއަދެވެ. އަދި އޭނާ ބަލަހައްޓަމުން ގެންދެވީ އެ މިނިސްޓްރީގެ އެންވާރަމަންޓު ޑިޕާޓުމަންޓު ކަމަށް ވެބްސައިޓުން ދައްކައެވެ.

އޭނާ އެ މަގާމުގައި ހުންނެވީ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސްލޮޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންތަކެއް ވަކި ކުރުމަށް ނިންމަވާފައެވެ. ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދު ކުރުމުގެ ގޮތުން228 ސިޔާސީ މަގާމެއްގައި ތިބި މުވައްޒަފުން ވަކި ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެހެން ނަމަވެސް ނިޒާމް ވަކިކުރި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް