މަންމައަށް އަނިޔާކޮށް ފޭރުނު ޒުވާނާގެ ބަންދަށް 10 ދުވަސް

އަމިއްލަ މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ ފޭރުނު ދިވެހި ޒުވާނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ހެންވޭރު އެހަޑަ، އުމުރު...

23 Oct 2024 | 06:56

އަމިއްލަ މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ ފޭރުނު ދިވެހި ޒުވާނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ހެންވޭރު އެހަޑަ، އުމުރުން 28 އަހަރުގެ މުހައްމަދު އިސްމާއިލް އެވެ.

އިއްޔެ، ފުލުހުން ބުނެފައިވާގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ 13 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭކަމަށް އިއްޔެ އިރު އޮއްސުނުހާއިރު ލިބުނު ރިޕޯޓަކަށް ފުލުހުން އެޓެންޑްވިއެވެ.

"ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވާފައިވޭ، އަދި އެ އަންހެން މީހާގެ ދަރިފުޅު އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ހަމަލާދީ މަރާލާނެކަމަށްބުނެ އިންޒާރުދީ ފޯނު ފޭރިގެން ގޮސްފައިވާކަމަށް ބުނި" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މުހައްމަދު އިސްމާއިލް އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށާއި އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިއްޔެރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ އަންހެން މީހާގެ އުމުރަކީ 57 އަހަރެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް