އެމްއޭސީއެލްގެ މުވައްޒަފުންނަށް ލިބޭ ޑޮލަރު އިނާޔަތް ހިމެނޭހެން އެއްވެސް އިނާޔަތެއް އުނި ނުވާނެކަމުގެ ޔަގީންކަން އަރުވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ލިބޭ ޑޮލަރު އިނާޔަތް ހިމެނޭހެން އެއްވެސް އިނާޔަތެއް އުނި ނުވާނެކަމުގެ ޔަގީންކަން އަރުވައިފިއެވެ. މި ޔަގީންކަން މުވައްޒަފުންނަ...

23 Oct 2024 | 05:31

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ލިބޭ ޑޮލަރު އިނާޔަތް ހިމެނޭހެން އެއްވެސް އިނާޔަތެއް އުނި ނުވާނެކަމުގެ ޔަގީންކަން އަރުވައިފިއެވެ.

މި ޔަގީންކަން މުވައްޒަފުންނަށް އަރުވާފައިވަނީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއެއްގައެވެ.

އެ މެމޯގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅިގެން، އެ ކުންފުނީގެ މުވައްޒަފުންނަށް ދެމުންދާ އެއްވެސް އިނާޔަތަކަށް (ޑޮލަރުގެ އެހީ ހިމެނޭގޮތަށް) އުނިކަމެއް އަތުވެދާނެތޯ ވަރަށް ގިނަ މުވައްޒަފުން ސުވާލުކުރާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިން، މުވައްޒަފަކަށް ލިބޭ އެއްވެސް އިނާޔަތެއް އުނި ނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވި" ސީއީއޯ އަދި އެމްޑީ މުވައްޒަފުންނަށް ފޮނުވި މެމޯގައި ވިދާޅުވެފައިވެއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް މުސާރައިގެ 50 އިންސައްތަ ދެމުން ދެމުން އަންނަނީ ޑޮލަރުންނެވެ. އަދި ކޮންމެ އަހަރަކު ބޯނަސްގެ ގޮތުގައި ކުންފުނީގެ ފައިދާއިން ވަކި އިންސައްތައެއް މުވައްޒަފުންގެ މެދުގައި ބަހަމުން ގެންދެއެވެ. އެގޮތުން ފާއިތުވި ދެ އަހަރު ބޯނަސްގެ ގޮތުގައި މުވައްޒަފަކަށް 25 ހާސް ރުފިޔާ ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް