ހަމަލާތަކެއް ދީފާނެކަމަށް ބެލެވޭތީ ލަންކާގެ އަރޫގަމް ބޭ ސަރަހައްދަށް ފަތުރުވެރިން ދަތުރު ނުކުރުމަށް އެމެރިކާއިން އިލްތިމާސްކޮށްފި

ސްރީ ލަންކާގެ އަރޫގަމް ބޭ ސަރަހައްދަށް ފަތުރުވެރިން ދަތުރު ނުކުރުމަށް ކޮލޮމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން އަންގައިފިއެވެ. އެގޮތުން އެމެރިކާގެ ފަތުރުވެރިންނަށް އަމާޒުކޮށް ނެރެފައިވާ ޓްރެވަލް އެލާ...

23 Oct 2024 | 04:34

ސްރީ ލަންކާގެ އަރޫގަމް ބޭ ސަރަހައްދަށް ފަތުރުވެރިން ދަތުރު ނުކުރުމަށް ކޮލޮމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން އަންގައިފިއެވެ.

އެގޮތުން އެމެރިކާގެ ފަތުރުވެރިންނަށް އަމާޒުކޮށް ނެރެފައިވާ ޓްރެވަލް އެލާޓްގައި ބުނެފައިވަނީ އަރޫގަމް ބޭ އޭރިއާގެ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދޭން އުޅޭކަމުގެ މުއުތަބަރު މައުލޫމާތު ތަކެއް ލިބިފައިވާކަމަށެވެ.

އެ ހަމަލާތައް ދޭން ރާވާފައިވަނީ އެ ސަރަހައްދުގެ މަގްބޫލު ފަތުރުވެރިކަމުގެ ސަރަހައްދުތަކަށް ކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

އެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ވަކި އެއްޗެއް އަންގަންދެން އަރޫގަމް ބޭ އޭރިއާ އަށް ދަތުރު ނުކުރުމަށް އެމެރިކާގެ ފަތުރުވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ލަންކާގައި ހުންނަ އެމެރިކގެ އެމްބަސީން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އަރޫގަމް ބޭ އޭރިއާއަކީ ރާޅާ އެޅުމަށް ޝައުގުވެރިކަން ހުންނަ ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކޮށް އުޅޭ ސަރަހައްދެކެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ޓޫރިސްޓް ލޮކޭޝަންތައްވެސް އެކުލެވޭ ސަރަހައްދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް