ޖޭޒް ކެފޭ މައްޗަށް ވެއްޓުނީ ހޮޅިދަނޑިއަކުން އިމާރާތަކަށް އަރަން އުޅުނު މީހެއް

ރޭގައި ޖޭޒް ކެފޭ މައްޗަށް ވެއްޓުނީ ހޮޅިދަނޑިއަކުން އިމާރާތަކަށް އަރަން އުޅުނު މީހެއް ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ރޭގައި ބުނެފައިވަނީ މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓުނުކަން ރ...

23 Oct 2024 | 03:53

ރޭގައި ޖޭޒް ކެފޭ މައްޗަށް ވެއްޓުނީ ހޮޅިދަނޑިއަކުން އިމާރާތަކަށް އަރަން އުޅުނު މީހެއް ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭގައި ބުނެފައިވަނީ މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓުނުކަން ރޭ 11:34 ހާއިރު އެނގިގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ނަގައިގެން އޭޑީކޭއަށް ގެންދިޔަ ކަމަށެވެ. އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ރޭގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ފުލުހުން ބުނެފައިވަނީ އެމީހާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށާއި ފުރާޅު މައްޗަށް ވެއްޓިފައިވަނީ ޖެހިގެން ހުރި އިމާރާތަށް ހޮޅިދަނޑިއަކުން އަރަނިކޮށްކަމަށް އޭނާ ބުނެފައިވާކަމަށެވެ.

އެ ހޮޅިދަނޑިން އޭނާ އަރަން އުޅުނީ ވައްކަން ކުރަންތޯ ؟ ނޫނީ ގެއިން ބޭރުކޮށްލީމާ ވަލު ދޮރޯށިން ވަންނަން އުޅުނިތޯ؟ ނޫސްވެރިން ފުލުހުންނާއި ސުވާލުކޮށްފައިވެއެވެ. އެހެންނަމަވެސް އެ ސުވާލަށް ފުލުހުން ޖަވާބުދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް