ހަމާސް ޖަމާއަތުން އިތުރު ދެ އަސީރަކު ދޫކޮށްލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ޖަމާއަތުގެ އަލް-ޤައްސާމް ބްރިގޭޑްސް އިންނެވެ.
ދޫކޮށްލާފައިވަނީ އިޒްރޭލަށް ނިސްބަތްވާ އާންމުންގެ ދެމީހެކެވެ. އެއީ ޔޫރިތު ޒިޓްޒަކް ނަމަކަށް ކިޔާ މީހަކާއި ޔޯޗެވް ލިފްޝިޓްޒް ނަމަކަށް ކިޔާ މީހެކެވެ. މިކަން ހަމާސް އިން ހާމަކޮށްފައިވަނީ އެ ޖަމާއަތުގެ ޓެލެގްރާމް ގްރޫޕްގައެވެ.
ހަމާސް އިން މި ދެމީހުން ދޫކޮށްލަން ރޭގައިވެސް އުޅުނެވެ. އެހެން ނަމަވެސް އިޒްރޭލުން ރޭގައި މި ދެމީހުންނާއި ހަވާލުވާން އެއްބަހެއް ނުވިއެވެ.
މި ދެމީހުން ދޫކޮށްލުމާއެކު މިހާތަނަށް ހަމާސް އިން ދޫކޮށްލި އަސީރުންގެ އަދަދު މިވަނީ ހަތަރަކަށް އަރާފައެވެ. އެއީ ފުރަތަމަ ދޫކޮށްލި އެމެރިކާގެ ދެމީހުން ހިމެނޭހެންނެވެ.
ހަމާސް އިން ބުނެފައިވާގޮތުގައި މި ދެމީހުންވެސް ދޫކޮށްލީ އިންސާނީ އެހީއަށް އިތުރަށް ބާރު އެޅުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް