ޝަރުތަކާނުލައި އަމާންދީފިނަމަ އެއްގަމު މަގުން ޣައްޒާއަކަށް ނާރާނަން: އިސްރާއީލް

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ހަމާސްއިން އެއްވެސް ޝަރުތަކާނުލައި އަމާންދީފިނަމަ އެއްގަމު މަގުން ޣައްޒާއަށް އަސްކަރިއްޔާއިން ނާރާނެކަމަށް ހައްދުފަހަނައެޅި ޔަހޫދީ ދައުލަ...

23 Oct 2023 | 18:35

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ހަމާސްއިން އެއްވެސް ޝަރުތަކާނުލައި އަމާންދީފިނަމަ އެއްގަމު މަގުން ޣައްޒާއަށް އަސްކަރިއްޔާއިން ނާރާނެކަމަށް ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ބުނެފިއެވެ.

އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް)ގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޖޮނަތަން ކޮންރިކަސް ބުނީ ހަމާސް އިން "ޝަރުތެއް ނެތި" އަމާންދީ، އެ ޖަމާއަތުން ރަހީނުކުރި ހުރިހާ މީހުން ދޫކޮށްލައިފި ނަމަ އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން ނާރާނެ ކަމަށެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ލަފާކުރައްވާ ގޮތުގައި ގްރައުންޑް ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ ތިން މަސް ދުވަހަށް ދެމިގެން ދާނެ އެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރުވެސް ވަނީ 360،000 ރިޒަރވިސްޓުންނަށް ގޮވައި، ޣައްޒާގެ ވަށައިގެން މުހިންމު ސިފައިން ޖަމާކޮށްފައެވެ. އާބާދީ ބޮޑު އެންކްލޭވްއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިން ނަމަވެސް، އެއްގަމު އުޅަނދާ އެކު އަރައިގަތުމުގެ އެންމެ ފަހުގެ އަމުރެއް އަދި ނެރެފައެއް ނުވެއެވެ.

އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) އަށް ދެއްވި އިންޓަވިއުއެއްގައި ކޮންރިކަސް ވިދާޅުވީ އިސްރާއީލުން އިސްކަން ދެނީ އެގައުމުގެ ސިފައިންނަށް ބޭކާރު ނުރައްކާތަކުން ސަލާމަތްވެ ވައިގެ ހަމަލާތަކަށް ބަރޯސާވުން ކަމަށެވެ. ނަމަވެސް ހަނގުރާމަވެރި ޖަމާއަތް ނައްތާލުމަށް އެފަދަ ވިސްނުމެއް ނުފުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންރިކަސް ވިދާޅުވީ ހަމާސް އިން ޝަރުތެއް ނެތި އަމިއްލައަށް އަމާންދީ ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން 212 މީހުން އަނބުރާ ރައްދުކުރުމަށް އެދޭކަމަށެވެ. އަދި އެ ޝަރުތުތައް ފުރިހަމަ ނުވެއްޖެ ނަމަ އިސްރާއީލުން ގްރައުންޑް އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

އިސްރާއީލުގެ ތެލްއަވީވްގައި ހުންނަ އިސްރާއީލުގެ ވައިގެ ސިފައިންގެ މައި މަރުކަޒުގައި އާދީއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވިދާޅުވީ މިއީ ޣައްޒާގައި ހިނގަމުންދާ އެންމެ ފަހުގެ [ގްރައުންޑް] ހަރަކާތަކަށް ވާން ޖެހޭނެ ކަމަށާއި، އޭގެ ފަހުން ޣައްޒާގައި ހަމާސް އެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮޕަރޭޝަން ތިން މަސް ދުވަހަށް ދިގުދެމިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ދެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް