2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕާކިސްތާނުގެ 450،000 އަށް ވުރެ ގިނަ މީހުން އެކި ގައުމުތަކަށް ފުރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޤްތިޞާދު ހީނަރުވެ، ހައިޕަރއިންފްލޭޝަންގެ ތެރޭގައި ޕާކިސްތާނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާން އާބާދީ، ވަޒީފާއާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް ހޯދުމަށް ގައުމުން ބޭރަށް ދިރިއުޅުން ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޕާކިސްތާނު މީހުން ބޭރުވާ މިންވަރު ފެންނަނީ ޕާސްޕޯޓް އޮފީސްތަކަށާއި އިމިގްރޭޝަން ސެންޓަރުތަކަށް ޒިޔާރަތްކޮށް ޕާސްޕޯޓާއި ވިސާ އަށް އެދޭ މީހުންގެ ދިގު ކިޔޫތައް މި ދުވަސްވަރު ފެނުމުންނެވެ. އަދި ތައުލީމީ ސްކޮލަޝިޕްތަކުގައި ރާއްޖެއިން ބޭރަށް ބަދަލުވާން ވެސް ގިނަ އަދަދެއްގެ ޒުވާނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ވަނީ މީހުން މި ބޮޑުތަނުން ބޭރުވުމަކީ ރަނގަޅު ފާލެއް ކަމަށް ސިފަކޮށް، މި މީހުންނަކީ ޕާކިސްތާނަށް އިތުރު ބޭރު ފައިސާ ފޮނުވުމަށް ރަނގަޅު ވަސީލަތަކަށް ވެގެންދާނެ ކަމަށް ބުނެފައެވެ.
ޕާސްޕޯޓް އޮފީސްތަކަށް ޒިޔާރަތްކުރި އިރު، ދުނިޔޭގެ އެކި މަންޒިލްތަކަށް ބަދަލުވުމަށް ޕާސްޕޯޓަށް އެދޭ މީހުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާކަން މި ނޫސްވެރިޔާ ވަނީ ފާހަގަކޮށްފައެވެ.
ޕާސްޕޯޓް އެންޑް އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު ވިދާޅުވީ މީގެ ކުރިން އެގަޢުމުގެ އެކި ކަންކޮޅުތަކުން ދުވާލަކު 25،000 އެޕްލިކޭޝަން ލިބެމުން ދިޔަ ނަމަވެސް މިހާރު މި އަދަދު ވަނީ ދުވާލެއްގެ މައްޗަށް 45،000 އަށް ވުރެ މައްޗަށް އަރާފައި ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަންތައް އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
ޕާސްޕޯޓަށް އެދޭ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2013 ވަނަ އަހަރު 10 އަހަރު ދުވަހުގެ މުއްދަތަކާއެކު ދޫކޮށްފައިވާ ޕާސްޕޯޓުގެ މުއްދަތު ހަމަވުމެވެ.
މިމަހުގެ ކުރީކޮޅު ބޮޑުވަޒީރުގެ ސްޕެޝަލް އެސިސްޓެންޓް އޮން އޯވަސީސް ޕާކިސްތާންސް އެންޑް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޖަވާދު ސޮހްރާބް މަލިކް ވަނީ ސައޫދީ ވިޝަން 2030 އަށް އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ޕާކިސްތާނު މީހުން ގެންދިއުމަށް ސައުދީ އަރަބިއްޔާގެ ކިބައިން އެދިވަޑައިގެންފައެވެ.
"މިހާރު ޕާކިސްތާނުގެ ގާތްގަނޑަކަށް ފަސް މިލިއަން މީހުން އަހަރަކު ސައޫދީ އަރަބިއްޔާއަށް ދަތުރުކުރޭ. ހަގީގަތުގައި މި އަދަދު މިލިއަނަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތް،" މަލިކް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް