ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލައްވަން އަހްމަދު ނަރީޝް ނިންމަވައިފިއެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވަމުންގެންދަވާ ނަރީޝް މިއަދު ވިދާޅުވީ އެ ދާއިރާގެ ޓިކެޓު ހޯއްދެވުމަށް ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އެ ނިންމުމަކީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.
"ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއެކު މަސައްކަތް ކުރެވޭނެ އަދި ހަގީގީ މާނައިގެ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭޏް ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭ ސާބިތުކަމާއެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑުވާނެ" ނަރީޝް ވިދާޅުވެފައިވެއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އޭނާއަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބުކޮށްދެއްވުން އެދިލައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް