ޣައްޒާއިން ގެއްލުނު ފުރާނައިގެ އަދަދު 5000އަށް އަރައިފި

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ގެއްލުނު ފުރާނައިގެ އަދަދު ފަސް ހާހުން މައްޗަށް ގޮސްފައިވާކަމަށް ޣައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުގައި އަދަ...

23 Oct 2023 | 11:20

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ގެއްލުނު ފުރާނައިގެ އަދަދު ފަސް ހާހުން މައްޗަށް ގޮސްފައިވާކަމަށް ޣައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި އަދަދު މިހާރު ވަނީ 5،087 އަށް އަރާފައެވެ. އަދި ޒަޚަމްވެފައިވާ މީހުންގެ އަދަދު ވަނީ 15،273 އަށް އަރާފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ހަމަލާތަކުގައި 436 މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ. އޭގެތެރެއިން 182 އަކީ ކުޑަކުދިން ކަމުގައިވެސް ބުނެފައިވެއެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް މިއަދު މިވަނީ 16 ދުވަސް ފުރިފައެވެ. މިހާރު ގުނަމުންމިދަނީ 17 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް