ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން  ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވ...

23 Oct 2023 | 07:32

ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން  ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ..

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މ. ރިހިވިދުވަރުގެ، އަސްޢަދު ޢަލީ (29އ) އެވެ.

ފުލުހުން ބުނީ، ޢަސްޢަދު ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ.

އަދި ބަންދުގައި ބަހައްޓައިގެން، ބުދަދުވަހުގެ 14:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެމީހާ ހޯދަމުން ދާކަމަށް ފުލުހުން ބުންޏެވެ..

އެހެންކަމުން އަސްޢަދު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް