އާއްމުންގެ ފާޑުކިޔުންތައް އަމާޒު ވުމާއެކު ، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އިސްރާއީލަށް ތާއީދުކޯށް އާއްމުކުރި ވީޑިއޯ ޑިލީޓްކޮށް، ޓްވިޓާ އެކައުންޓްވެސް ޑީއެކްޓިވޭޓްކޮށްފިއެވެ.
ޑރ. ޝަހީދު ވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަމަލާ ކުށްވެރިކޮށް އެ ވީޑިއޯގައި ވާހަކަ ދައްކާފައެވެ. އަދި އެ ވީޑިއޯގައި ޑރ. ޝަހީދު ވަނީ އިސްރާއީލަށް ތާއީދު ކުރާކަން ހާމަ ކޮށްފައެވެ.
"ހަމާސް ޓެރަރިސްޓުން ހިންގާފައިވާ ، ހިޔާލަށްވެސް ނުގެނެވޭ މިކަމަކީ އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫން. އަދި މި ޖަރީމާތަކަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ" ވީޑިއޯގައި ޑރ. ޝަހީދު ފާހަގަ ކުރެއެވެ.
ވީޑިއޯ އާއްމުވުމާއެކު ރާއްޖޭގެ ނޫސްތަކަށްވެސް އެ ވާހަކަ އެރިއެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުން ޑރ. ޝަހީދަށް އަމާޒުވިއެވެ. އެއާއެކު މިހާރު ޑރ. ޝަހީދު ވަނީ އެ ވީޑިއޯ ޑިލީޓްކޮށްފައެވެ. އަދި ޑޜ. ޝަހީދު ވަނީ ސޯޝަލް މީޑިޔާގައި ފާޑުކިޔާ ބައެއް މީހުން ބްލޮކްވެސް ކޮށްފައެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް