އުފާވެރި ޚަބަރެއް: ދިރާގު ޓީވީގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑު!

ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ޤަވާއިދަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން މިއަހަރު ގެންނެވި ބަދަލާއި ގުޅިގެން ދިރާގު ޓީވީ ލައިސަންސް އައު ކުރުމުގެ ފުރުސަތު މިވަގުތު  ދިރާގަށ...

23 Oct 2022 | 17:27

ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ޤަވާއިދަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން މިއަހަރު ގެންނެވި ބަދަލާއި ގުޅިގެން ދިރާގު ޓީވީ ލައިސަންސް އައު ކުރުމުގެ ފުރުސަތު މިވަގުތު  ދިރާގަށް ބަންދުވެފައި ވީނަމަވެސް، އެ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނި ގޮތުގައި، މިކަމާއި ގުޅިގެން ދިރާގުން ކަމާ ބެހޭ މުއައްސަސާތަކާއި އަދި އެމްބީސީ އާއި މަޝްވަރާކުރަމުންދަނީ އެކުންފުންޏަށް ލައިސަންސް އައު ކުރެވޭނޭ ގޮތެއް ހޯދުމަށެވެ. ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސެންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުގެ ކަސްޓަމަރުންނަށް ކެނޑިގެން ދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގައި ކަމާއި ބެހޭ މުއައްސަސާތަކާއިއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާއި ޙިއްސާކުރާނެކަމަށް ވެސް އެކުންފުނިން މިއަދު ބުންޏެވެ.

ދިރާގު ޓީވީފެށުމާއި އެކު ކަސްޓަމަރުންގެ ފަރާތުން އެޚިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔައެވެ. އަދި މިކަމަށްޓަކައި ދިރާގު ޓީވީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ބޭނުން ކުރައްވަމުންދާ އެތައް ހާސް ކަސްޓަމަރުންނަށް އެ ކުންފުނިން ވަރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރުދެންނެވިއެވެ. ކަސްޓަމަރުންނަށް ދެމުންދާ މިޚިދުމަތް ކުރިޔަށް ގެންދެވޭނޭ ގޮތެއް ވޭތޯ ބެލުމަށް އަދިވެސް އެކުންފުނިންދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް