ޕާކިސްތާނު ޕީޓީއައިގެ އެކްޓިވިސްޓުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފި

ޕާކިސްތާނު ޕީޓީއައިގެ އެކްޓިވިސްޓުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފިއެވެ. ޕާކިސްތާނުގެ ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ އެކްޓިވިސްޓުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަނ...

23 Oct 2022 | 14:19

ޕާކިސްތާނު ޕީޓީއައިގެ އެކްޓިވިސްޓުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

ޕާކިސްތާނުގެ ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ އެކްޓިވިސްޓުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން މެދުވެރިވީ، ޓޯޝާޚާނާ މައްސަލާގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެންނެވެ.

އޭއާރުވައި ނިއުސް އިން ހާމަކުރި ގޮތުގައި ހަމަނުޖެހުން ތައް އިތުރުންވެގެންދިޔައީ އިލެކްޝަންސް ކޮމިނަޝުނުން ކުރީގެ ބޮޑިވަޒީރުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުމާއިގުޅިގެން ޕީޓީއައިގެ އެކްޓިވިސްޓުން ކުރަމުންދިޔަ މުޒާހަރާ އަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެންނެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ޕީޓީއައި އެމްއެންއޭ ސާލިހް މުހައްމަދާއި އޭނާގެ ގާޑު އީސީޕީ އޮފީހުން ހައްޔަރުކޮށްފަ އެވެ.

ހާލަތު ނުތަނަވަސްވީ ހާލަތު ހަމައަކަށް އެޅުވުމުގެ ގޮތުން އީސީޕީ އޮފީހުގެ ބޭރުގައި ތިބި ކެޕިޓަލް ޕޮލިހަށް ކޭޕީ ފުލުހުން ބަޑި ޖެހުމުން ކަމަށެވެ.

މީގެ އިތުރުން ޕީޓީއައިއިން ވަނީ މުޒާހަރާކުރުމަށް މަގުތައް ބަންދުކޮށްފައެވެ. ޕާކިސްތާނުގެ އިސްލާމްއާބާދު، ރާވަލްޕިންޑީ އަދި އެހެނިހެން ސިޓީތަކުގި ޓަޔަރުތަކުގައި އަލިފާން ރޯކޮށް، ޓްރެފިކް ހުއްޓުވާފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް