އައްޑޫގެ ދެކުނުން އޮންނަ ޗާގޮސްގެ ކަނޑުގެ ސަރަހައްދާއި ގުޅިގެން ސަރުކާރުން ކޮޅު ބަދަލު ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މައްސަލަގައި ބަހުސް ކުރެވެން ފެށީ ސަރުކާރުން ވިސްނުން ބަދަލުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދޭން އުޅޭކަމަށް ބުނެ އެވެ. ސިޔާސީ ފަރާތްތަކުން ދަނީ ރާއްޖޭގެ ކުޑަ ތަންކޮޅެއްވެސް ދޫކޮށްގެން ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރުމުގެ ކުރިން ރައްޔިތުންގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ބުނަމުންނެވެ.
މި މައްސަލައިގަ ސަރުކާރުން ބުނެފައިވަނީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރަށް ރާއްޖެއިން ތާއީދުކުރަން ނިންމުމާއި ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުގެ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. ރާއްޖޭން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި ކަަމަށާއި އިމުގެ މައްސަލާގައި ނޫންކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގަ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. އޭނާގެ މައްސަލައިގަ ވިދާޅުވީ މީގެ ކުރިން ޗާގޮސް ރަށްތަކުގެ މައްސަލާގައި މޮރިޝަސް އާ އެއްކޮޅަށް ރާއްޖެއިން ވޯޓު ނުދިނީ އެކަމުގައި މޮރިޝަސް ކާމިޔާބު ވެއްޖެ ނަމަ ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުމުގެ ފުރުސަތު އޮތުމުން ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެން ކަމުން މި ނިންމުން ބަދަލު ކުރުމުން ރާއްޖެ އަށް ވާނެ ފައިދާ އާއި ގެއްލުން ބަޔާން ކޮށް ރައްޔިތުންނަށް އެކަން އަންގައި ދޭންޖެހޭ ކަމަށް ވިދާުވެފައިވެ އެވެ. އެކަމަކު އެފަދަ މުހިންމު މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަށް ނޭނގޭކަން ފާހަގަ ކުރެއްވި އެވެ.
ސިޔާސަތު ބަދަލުވި ކަން ރައީސް އިބްރާހިމް މުހައްމަދު މޮރިޝަސްގެ ބޮޑު ވަޒީރަށް އެންގެވި އިރު ދެ ފަރާތުން ބައިނަލްއަގުވާމީ މުއާހަދާއަކަށް އާދެވިފައިވާ ކަން ޔަގީން ކުރެވޭ ކަމަށާއި ނަަމަވެސް އެއީ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެ އެވެ.
ރާއްޖެ ސަރަހައްދުން ގެއްލޭ ކުޑަ ތަންކޮޅަކީ ވެސް ކުރިޔަށް އޮތް ޖީލުތަކަށް ލިބޭ ގެއްލުމެއް ކަމަށާއި ހިލާފު އުފެދިފައިވާ ސަރަހައްދަކީ ކަނޑުމަސް ތިޔާގި ސަރަހައްދެއް ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެ އެވެ.
ނާޒިމް ހުށަހަޅާފައި ވަނީ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ޗާގޮސް މައްސަލާގައި ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލު ކުރުމުގެ ވަށައިގެންވާ ސަބަބުތައް ދެނެގަނެ ފައިސާގެ ނުފޫޒު ނުވަންނަ ކަން ކަށަވަރު ކުރުމުގެ އިތުރުން އެ ސިޔާސަތު ބަދަލު ކުރީ ގާނޫނީ ތަރަހައްިގެ ތެރެއިން ކަން ކަށަޥަރު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް