6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމްއިން ކަރަންޓު ކަނޑާލައިފި

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްއިން ކަރަންޓު ކަނޑާލައިފި އެވެ. ސްޓެލްކޯއިން މިއަދު ބުނީ އެފްއޭއެމް ހައުސްގެ ކަރަންޓު ބިލަށް6.5 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ. މ...

23 Oct 2022 | 11:30

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްއިން ކަރަންޓު ކަނޑާލައިފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެފްއޭއެމް ހައުސްގެ ކަރަންޓު ބިލަށް6.5 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ. މި ބިލްތަކަށް ފައިސާ ދެއްކުމަށް އެ ތާރީހުތައް ދެވިފައިވާ ކަމަށް ބުނެ އެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކަނޑާލީ އެކި ފަހަރުމަތިން އިންޒާރު ދިނުމުންވެސް ބިލު ދައްކާފައި ނުވާތީ ކަމަށެވެ. ސްޓެލްކޯއިން ބުނީ އެ ބިލިތަކަށް ވާ ފައިސާ ނުދައްކާ ނަމަ އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1584139344050196480

ދައުލަތުގެ ކުންފުނިތަކާއި ހިއްސާވާ އިދާރާތަކުން ކަރަންޓާއި ފެން ބިލް ނުދެއްކުމަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ. އެގޮތުންމިމަހުގެ ތެރޭގައި ޓީވީއެމް ހިންގާ އިމާރާތުގެ ފެން ބިލު ނުދައްކައިގެން އެ ހިދުމަތް މެދުކަނޑާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް