ގޭސް ފުޅިއެއް ވަގަށް ނެގި ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލައިގަ ހޯދަން އިއުލާނު ކޮށްފައިވަނީ ދެމީހަކު ކަމަށެވެ. އެމީހުން އެ ގޭސްފުޅި ވަގަށް ނެގީ މާފަންނުގައި ހުންނަ ގެއަކުންނެވެ.
ފުލުހުން ވަނީ އެ ދެމީހުން ފެންނަ ވީޑިއޯއެއް އާންމުކޮށްފައި އެވެ. އޭގެން ފެންނަނީ އެކަކު ގެއެއްގެ ތެރެއަށް ވަދެފައި ވަރަށް ސިއްރުން ސިޑި ދަށުގައި ހުންނަ ގޭސްފުޅި ދަމައިގަންނަ ތަނެވެ. ދެން ފެންނަނީ ބޭރުގައި ހުރި މީހާ އެ ގޭސްފުޅި އެގޭ ދޮރު ހުޅުވާލުމަށް ފަހު ހިފައިގެންދާތަނެވެ.
ފުލުހުން ބުނީ ވީޑިއޯ އާންމު ކުރީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައިގަ ކާކުކަން ދެނެގަނެވިފައި ނުވާތީ ކަމަށެވެ.
https://www.youtube.com/watch?v=tHmqO8KDLR8&t=28s
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުމަށް ފުލުހުން އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް