އައްޑޫ ސިޓީއިން ޑިންގީއެއްގައި މަސް ހިފަން ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު ޒުވާނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ޒުވާނާ ނިޔާވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ނިޔާވެފައިވަނީ ސ. ހިތަދޫ، ފެހިވިނަ، އުމުރުން 24 އަހަރުގެ ތޮލާލް އަހްމަދެވެ.
ކޯސްޓްގާޑުން މިއަދު 12:30 ހާއިރު މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ ސ. ހިތަދޫއިން ފުރައިގެން މަސް ހިފަންދިޔަ ޑިންގީއަސކުން މަސް ހިފަން ފޭބި ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފެށިކަމަށެވެ.
ފަހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ މީހާ މޫދު އަޑިން ފެނިގެން އިތުރު ފަރުވާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް