މަސް ހިފަން ނިކުތް ޑިންގީއަކުން ގެއްލުނު ދިވެއްސަކު އަޑީގައި އޮއްވާ ނަގައިފި

އައްޑޫ ސިޓީ ހިތަދޫއިން ފުރައިގެން މަސް ހިފަން ނިކުތް ޑިންގީއަކުން ގެއްލުނު ދިވެއްސަކު މޫދު އަޑިން ނަގައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫއިން މަސް ހިފަން ނިކުތް ޑިންގީއަކުން މީހ...

23 Oct 2022 | 07:40

އައްޑޫ ސިޓީ ހިތަދޫއިން ފުރައިގެން މަސް ހިފަން ނިކުތް ޑިންގީއަކުން ގެއްލުނު ދިވެއްސަކު މޫދު އަޑިން ނަގައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫއިން މަސް ހިފަން ނިކުތް ޑިންގީއަކުން މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށެވެ.

ކޯސްޓްގާޑުން ބުނެފައިވާގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 11:32 ހާއިރުގައެވެ. މިވަގުތު އަދި އިތުރު އެއްވެސް މައުލޫމާތެއް ނެތްކަމުގައި ކޯސްޓްގާޑުން ބުނެއެވެ.

ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނީ ސ. ހިތަދޫ، ފެހިވިނަ، އުމުރުން 24 އަހަރުގެ ތޮލާލް އަހްމަދެވެ.

އިތުރު މައުލޫމާތު ހޯދާލުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރަށް ގުޅާލުމުން ވިދާޅުވީ ގެއްލުނު މީހާ އަޑިން ފެނިގެން ނަގައިގެން ރަށާއި ދިމާއަށް ދަތުރުކުރަމުން އަންނަކަމަށެވެ.

ހާލު އަދި ސާފު ނޫންކަމުގައިވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫލައިވް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިހާރު އެމީހާވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންގޮސްފައެވެ. އަދި އޭނާ ފީނަން ފޭބީ އައްޑޫގެ ފަޅު ރަށެއްކަމަށްވާ ކަނޑިހެރައާއި ދިމާއަށްކަމުގައިވެސް އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ.

އަޕްޑޭޓް:

https://twitter.com/dhuvasmv/status/1584087593339486210

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް