ޗާގޮސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ މައްސަލައިގަ ރާއްޖެއިން ކޮޅު ބަދަލު ކުރުމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންވެސް ފާޑުކިޔައިފި އެވެ.
ޗާގޮސް އަކީ އައްޑޫ ސިޓީގެ ދެކުނުް ރާއްޖެއާއި މާ ދުރުނޫން ހިސާބެއްގައި އިނގިރޭސީވިލާތުގެ ބާރުގެ ދަށުގައި އޮންނަ ކުޑަ އާބާދީއެއް އޮންނަ ގަައުމެކެވެ. އެ ތަން އިނގިރޭސިން ބޭނުން ކުރަނީ އަސަކަރީ ބޭސްއެއްގެ ގޮތުގައި އެވެ.
ކަނޑުގެ ސަރަހައްދުގެ މައްސަލަ ފެންމަތިވީ ޗާގޮސް އަކީ މޮރިޝަސް ބައެއްގެ ގޮތުގައި އެމީހުން ބަލައިގެންނާތީ އެ މައްސަލަ2010 ވަނަ އަހަރު އދ. އަށް ހުށަހެޅުމުންނެވެ. ބައިނަލްއަގުވާމީ މުޖުތަމައު އެގޮތަށް ގަބޫލު ކުރިނަމަވެސް2019 ވަނަ އަހަރު އދ. ގައި ނެގި ވޯޓުގައި ދިވެހި ސަރުކާރުން ވޯޓު ދިނީ އިނގިރޭސިވިލާތާއި އެއްކޮޅަށެވެ.
އެ ޕާޓިގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޯސްގެ މިނިވަންކަމާ މެދު ރާއްޖޭގެ ވިސްނުން ބަދަލު ކުރި ސަބަބު ވެސް ރައްޔިތުންނަށް ހާމަކޮށް ދޭން ޖެހޭނެ ކަމަށެވެ. އަދި ދިވެހި ބިމުން، ކަނޑުން އަދި ވައިގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް އެހެން ބަޔަކަށް ލިބޭނެ ގޮތައް ސަރުކާރުގެ ސިޔާސަތު ބަދަލުވުމަކީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
https://twitter.com/riyazabdulla/status/1584027220678389760
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް