ކަނޑުގެ ސަރަހައްދުން 200 ނޯޓިކަލް މޭލު ހޯދަން މަސައްކަތް ކުރަންޖެހޭ: ގާސިމް

ޗާގޮސް އާއި ރާއްޖެ އާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން200 ނޯޓިކަލް މޭލު ހޯދަން މަސައްކަތް ކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ޗާގޮސް އަކީ އައްޑޫ ސިޓީގެ ދެކުނ...

23 Oct 2022 | 05:52

ޗާގޮސް އާއި ރާއްޖެ އާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން200 ނޯޓިކަލް މޭލު ހޯދަން މަސައްކަތް ކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޗާގޮސް އަކީ އައްޑޫ ސިޓީގެ ދެކުނުް ރާއްޖެއާއި މާ ދުރުނޫން ހިސާބެއްގައި އިނގިރޭސީވިލާތުގެ ބާރުގެ ދަށުގައި އޮންނަ ކުޑަ އާބާދީއެއް އޮންނަ ގަައުމެކެވެ. އެ ތަން އިނގިރޭސިން ބޭނުން ކުރަނީ އަސަކަރީ ބޭސްއެއްގެ ގޮތުގައި އެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލަ ފެންމަތިވީ ޗާގޮސް އަކީ މޮރިޝަސް ބައެއްގެ ގޮތުގައި އެމީހުން ބަލައިގެންނާތީ އެ މައްސަލަ2010 ވަނަ އަހަރު އދ. އަށް ހުށަހެޅުމުންނެވެ. ބައިނަލްއަގުވާމީ މުޖުތަމައު އެގޮތަށް ގަބޫލު ކުރިނަމަވެސް2019 ވަނަ އަހަރު އދ. ގައި ނެގި ވޯޓުގައި ދިވެހި ސަރުކާރުން ވޯޓު ދިނީ އިނގިރޭސިވިލާތާއި އެއްކޮޅަށެވެ.

އެކަމަކު މިފަހުން އެ ވިސްނުން ބަދަލުކޮށް ރާއްޖެ ވަނީ މޮރިޝަސް އާއި އެއްކޮޅަށް އަޅާފައި އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ގެންގުޅޭ ވިސްނުން ބަދަލު ނުވާ ކަމަށާއި މޮރިޝަސް ކޮޅަށް ވޯޓުދޭން ނިންމީ ބައިނަލްއަގުވާމީ މަސްލަހަތު އެކޮޅަށް އޮތުމުން ކަމަށެވެ.

މި ނިންމުމާއި ގުޅިގެން ގާސިމް ވިދާޅުވީ ގާސިމް ވިދާޅުވީ، ރާއްޖޭގެ ބިމާއި ކަނޑާއި ޖައްވުން އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ނުވަތަ ބަޔަކަށް ދޭން ގައުމީ ލޭހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް، ބައިނަލްއަގުވާމީ ގާނޫން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، އިމްތިޔާޒެއް އަަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް