ފެލިވަރު ބަނދަރާއި ބިން ހިއްކުމުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިއްޖެ

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ދެ މަސައްކަތުގެ 51 ޕަސ...

23 Oct 2022 | 04:23

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ދެ މަސައްކަތުގެ 51 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު ރިވެޓްމެންޓް މަސައްކަތުގެ 93 ޕަސެންޓު ވަނީ ނިންމާފައި އެވެ. ސައިޓްގައި މިހާރު ކުރިޔަށްދަނީ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް