ޕްރިމިއާ ލީގު: ކަަސެމީރޯ ފަހުވަގުތު ޖެހި ލަނޑާއި އެކު ޔުނައިޓެޑް ސަލާމަތް ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ކަސެމީރޯ ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑު ޗެލްސީއަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ. ޗެލްސީގެ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއ...

23 Oct 2022 | 01:58

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ކަސެމީރޯ ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑު ޗެލްސީއަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވީ1-1 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ފުރަތަމަ ހާގުގެ ކުޅުން ނިމުމާއި ހަމައަށް ރަނގަޅަށް ކުޅެމުން ގެންދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ވެސް ޔުނައިޓެޑުން ތަނަވަސް ކުރިއެވެ. އެންމެ ރަނގަލު ފުރުސަތެއް ލިބުނީ މާކްސް ރަޝްފޯޑަށެވެ. ރެޝްފޯޑަށް ހުސްކޮށް ލިބުނު ފުރުސަތު ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ޗެލްސީގެ ގޯލް ކީޕަރު ކެޕާ އަތަށެވެ. ދެވަނަ ފުރުސަތެއް ލިބުނީ އެންޓޮނީ އަށެވެ. އޭނާ ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ ފަހުހާފަށް ކުޅެން ނިކުމެ ރަނގަޅަށް ކުޅުނީ ޗެލްސީއިންނެވެ. އެގޮތުން އެޓީމުން ޔުނައިޓެޑުގެ ފަހަތައް ބާރުބޮޑުކޮށް ހަމަލާ އުފެއްދޭތޯ ކުރި މަސައްކަތުގެ ތެރެއިން ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 87 ވަނަ މިނެޓުގައި ޗެލްސީއަށް ޕެނަލްޓީއެއް ލިބުނު އިރު، މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ ޖޯޖީނިއޯއެވެ. މި ޕެނަލްޓީ އަަކީ ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ އޭރިއާތެރެއިން ޗެލްސީގެ އަރްމާންޑޯ ބްރޯޔާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޗެލްސީން ލީޑުގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ލުކް ޝޯ ޗެލްސީގެ ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ކަސަމީރޯ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ސަކަމީރޯ ބޮޅުން ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވަނީ ޗެލްސީގެ ކީޕަރ ކެޕާ އަތުގައި ޖެހުމައް ފަހު ގޮސް އަރިމަތީ ދަނޑީގައި ވެސް ޖެހިފައެވެ.

ރޭގެ މި މެޗުން ލިބުނު ޕޮއިންޓާ އެކު ޗެލްސީ އޮތީ ކުޅުނު 11 މެޗުން ލިބުނު 21 ޕޮއިންޓާއި އެކު ހަތަރުވަނާގައެވެ. ޔުނައިޓެޑް އޮތީ ކުޅުނު 11 މެޗުން ލިބުނު 20 ޕޮއިންޓާއި އެކު ފަސްވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް