ޕްރިމިއާ ލީގު: ހާލަންޑްގެ ދެ ގޯލާ އެކު ސިޓީ އަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު ބްރައިޓަން އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ1-3 ގެ ނަތީޖާއިންނެވެ. ސިޓީގެ ފަ...

23 Oct 2022 | 01:35

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު ބްރައިޓަން އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ1-3 ގެ ނަތީޖާއިންނެވެ.

ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 22 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ސިޓީއަށް ޖަހައިދިނީ އާލިން ބްރައުން ހާލަންޑް އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ހާލަންޑް ވަނީ ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހާ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. ސިޓީއަށް ލިބުނު މި ޕެނަލްތީ އަކީީ މިއީ ބެނާޑޯ ސިލްވާ އަށް ބްރައިޓަންގެ ލެވިސް ޑަންކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި މެޗުގައި ހާލަންޑް ޖެހި ދެ ލަނޑާއި އެކު އޭނާ ލީގުައި ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 17 އަށް އަރާފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ސިޓީން ފުރަތަމަ ހާފު ނިންމާލިއިރު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް ވަނަ މިނިޓް ތެރޭ ލެއަންޑްރޯ ޓްރޮސާޑް ވަނީ ގޯލެއް ޖަހައި، ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް މެޗުގެ 75 ވަނަ މިނިޓްގައި ސިޓީގެ ކެވިން ޑިބްރޭނާ ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހައިދީ ބަރްއިޓަންގެ އުންމީދު ފެނަށް ދުއްވާލާފައެވެ.

ސިޓީގެ މި މޮޅާ އެކު އެ ޓީމުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އާސެނަލަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، 11 މެޗުން ސިޓީ މި ވަނީ 26 ޕޮއިންޓް ހޯދައިފަ އެވެ. ޓޮޓެންހަމް ތިން ވަނައިގައި އޮތީ 11 މެޗުން ލިބުނު 23 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް